ބިދޭސީ ޓީޗަރުން 5 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެ: އެޑިއުކޭޝަން
ސުކޫލްތަކަށް ކިޔަވައިދޭން އަންނަ ބިދޭސީ ޓީޗަރުން ސުކޫލަށް ނިކުތުމުގެ ކުރިން ފަސް ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން އަންގައިފިއެވެ. ރާއްޖޭގެ ސުކޫލްތަކުގެ ވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންވެސް ރާއްޖެ އަންނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނެއްގައި ކަރަންޓީނުވުމާއެކު 5 ދުވަސް ހަމަވުމުން ސާމްޕަލް ނަގާ ނަތީޖާ ނެގެޓިވް ވުމުން ނޫނީ ސުކޫލްތަކަށް ނުނެރުމަށެވެ. ދިރާސީ އަހަރުގެ ކިޔެވުމުން ފެށުމަށް…