ސްރީ ލަންކަން އެއާލައިންސް ވެސް އާ ޓާމިނަލަށް
ސްރީ ލަންކަން އެއާލައިންސްގެ ހިދުމަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ. އެކަމަށްޓަކައި މިއަދު ޓާމިނަލް 1 ގައި ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ސްރީ ލަންކަން އެއާލައިންސަކީ އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރި 34 ވަނަ އެއާލައިން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުންޏެވެ. ޒަމާނީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް…









