ސާފްޗެމްޕިއަންޝިޕް މުބާރާތާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ކޮމާންޑަރުން ކަނޑައަޅައިފި
އޮކްޓޯބަރ 1 އިން 18 އަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް ޕޮޮލިސް ސަރވިސްގެ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނުގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ. ފުލުހުން ބުނީ އެގޮތުން، ސާފް ޗެމްޕިއަންޝިޕްގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަޒްހާން ކަމަށެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލްމަތީން އަބްދުލްކަރީމްއެވެ. އޭގެ އިތުރުން، ފީލްޑް…