ވަޒީފާއިން ވަކި ކުރީ މަނީ ލޯންޑަރ ކޮށްގެނެއް ނޫން: މާލިކު
ވަޒީފާއިން ވަކިކުރީ މަނީ ލޯންޑަރ ކޮށްގެން ނޫން ކަމަށާއި ސޯޝަލް މީޑީއާގައި އޭނާއާއި އޭނާގެ އަންހެނުންނާއި ގުޅޭގޮތުން ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާއިން ވަކި ކުރި މާލިކު އާދަމް ބުނެފި އެވެ. ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ތާޑް ސެކެޓްރީގެ މަގާމަށް މާލިކު އައްޔަން ކޮށްފައިވަނީ މިދިޔަ ސަރުކާރުންނެވެ. މިދިޔަ ސަރުކާރު ނިމި މި ސަރުކާރު އައުމަށްފަހު ވެސް މިދިޔަ ބުރާސްފަތިދުވަހާއި ހަމައަށް މާލިކު ހުރީ އެމަގާމުގަ އެވެ. ރާއްޖޭގައި…









