އެއާޕޯޓުގެ ދެ މުވައްޒަފަކަށް ހަމަލާދިން މީހާ 10،000 ރުފިޔާއިން ޖޫރިމާނާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް ހައްޔަރު ކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ އެއާޕޯޓުގައި ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރި ނަމަވެސް އޭނާ ފުރުން މަނާކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ހަޑަޑްގެ މައްޗަށް ކުރީ 2…