ނޫރައިންއަށްފަހު އެމްއެމްޕީއާރުސީ ބޯޑުގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ބޯޑުގައި ހިމެނިވަޑައިގެންނެވި އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފިއެވެ. އެކުންފުނީގެ ބޯޑުގެ ޗެއަރޕާސަން ނޫރައި އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް އެމްއެމްޕީއާރުސީގެ ބޯޑުން އިސްތިއުފާ ދެއްވީ މެމްބަރު ރާފިލް މުހައްމަދުއެވެ. ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ބޭފުޅާ އެވެ. އޭނާ ބޯޑުން އިސްތިއުފާ ދެއްވި ސީދާ ތާރީހެއް ސާފެއް ނުވެ އެވެ. ރާފިލް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން…








