ޚަލީލު އޮމާންއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް މިއަދު ވަނީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ 10 އިން 13 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. ދަތުރުފުޅުގެ ތެރޭގައި ޑރ. ޚަލީލް ވަނީ އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައެވެ. އަދި މީގެ…









