ހާމިދު ޝަފީއު ނިޔާވުމުގެ ހިތާމާގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
މިއަދު ހެނދުނު ނިޔާވި ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނުޔާވުމުގެ ހިތާމާގައި ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ހާމިދު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ހިތާމަފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. އަދި ކުރީގެ ރައީސް ސާލިހުވެސް ވަނީ ހާމިދު ނިޔާވުމާއި ގުޅިގެން ދައުޒިޔާ ވިދާޅުވެފައެވެ. ހާމިދު ނިޔާވުމުގެ ހިތާމާގައި ތައުޒިޔާ ވިދާޅުވެ ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ހާމިދު ޝަފީއުއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ފަހަރެއްގެ މަތީން…









