މެރިން އެކްސްޕޯ 2021 ފަށައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، "މޯލްޑިވްސް މެރިން އެކްސްޕޯ 2021" އަށް ޒިޔާރަތްކުރައްވައިފިއެވެ. މި އެކްސްޕޯއަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. ރައީސް ވަީ އެވެއަނެސް ކެމްޕެއިންކަމަށްވާ "ލައިފް ޖެކެޓް ވެއަރ އިޓް" މި އެކްސްޕޯގައި އިފްޠިތާޙްކޮށްދެއްވާފައެވެ. ހުޅުމާލެ ސެންޓަރަލް ޕާކުގައި މި ހިނގާ ޑިސެންބަރު 13 އިން 15 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.…









