ހާލުގަައި ޖެހުނު ސޯމާލިއާ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި
ދަނޑުވެރިކަމަށް ސަރުކާރުން ވަރުވާއަށް ދޫކޮށްފައިވާ، ނ އަތޮޅު ވަވަތިއަށް ލެއްގި ޑިންގީގައި ތިބި ތިން މީހުން އިމިގްރޭޝަންއާ ހަވާލުކޮށްފި އެވެ. މި ތިން މީހުންނަކީ މިމަހުގެ 22 ވަނަ ދުވަހު ވަވައްޗަށް ލެއްގި ޑިންގީއެއްގައި ތިބި ސޯމާލިޔާއަށް ނިސްބަތްވާ ތިން މީހުންނެވެ. އެދުވަހު އެޑިންގީ އާ އެތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އޭގެ ފަހުން ނ. ހޮޅުދުއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީގޮތުން އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ. ފުލުހުން މިއަދު ބުނީ،…