ޕްރޮޖެކްޓްތަކުގެ ނަން ބަދަލުކުރުމަކުން ވައުދެއް ނުފުދޭނެ: ސައީދު
ޕްރޮޖެކްޓްތަކުގެ ނަން ބަދަލުކުރުމަކުން ވައުދެއް ނުފުދޭނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަުދ ސައީދު ވިދާޅުވެއްޖެއެވެ. މެމްބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ނަން ބަދަލުކޮށްގެން، އެއީ މިސަރުކާރުން ކުރިކަމެއްކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް އެއީ ވެފައިވާ ވައުދު ފުއްދުންކަމަށް ނުވާނެކަމަށެވެ. ސައީދު ވިދާޅުވީ، ރައްޔިތުންގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާތަން ނުފެންނަ ކަމަށެވެ. ސައީދު ވިދާޅުވީ ހުޅުމާލޭގައި…









