ހާއްސައެހީއަށް ބޭނުންވާ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާދީފި
ހާއްސައެހީއަށް ބޭނުންވާ ހަތަރު ފަރާތަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވަޒީފާދީފިއެވެ. އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އާރްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމާލާ، ޕްރޮގްރާމް ފުރިހަމަ ކުރި ހަތަރު ބައިވެރިންނަށް އާރްޑީސީއިން ދާއިމީ ވަޒީފާގެ ފުރުސަތު ހަމަޖެހިފަައިވާ ކަމަށެވެ. އެގޮތުން، ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ އެ ޕްރޮގްރާމުގެ މަގްސަދަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ…









