މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 169 މީހުން
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 169 މީހުން އެޗްޕީއޭއިން ބުނެފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 53 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 96 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 20 މީހުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ބަލީގެ 2,057 މީހުން އެބަތިއްބެވެ. ޖުމުލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 81،979 މީހުންނެވެ. މިވަގުތު 23 މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑް މިޓް ކޮށްގެން ފަރުވާ ދެމުންނެވެ. 226…