އެހާ ބޮޑަށް އަތްއުކައި، ކަނޑިކި ނަގާ ކަރުބުޑުން ނެރޭ އަޑުފައްގަނޑު ނެރެ ހަޅޭލުވުމަކީ ޕާޓީއަށް ހުތުރުކަމެއް: ނަޝީދު
ފައްޔާޒާއި ރޮޒައިނާއަކީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށާއި "އެހާ ބޮޑަށް އަތްއުކައި، ކަނޑިކި ނަގާ، ކަރުބުޑުން ނެރޭ އަޑުފައްގަނޑު ނެރި ހަޅޭލެވުން އެއީ އެޕާޓީއަށް ލިބޭ ވަރަށްބޮޑު ހުތުރެއްކަމަށް" ނަޝީދު ވިދާޅުވެއްޖެ އެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަނެއް އިންތިޚާބު ކުރުމަށް ނަގާ ވޯޓު ރޯދަ މަސް ތެރެއަށް ވުމުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުން ގޮތެއް ނިންމަން ހުށަހެޅުއްވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް…