ފަތުރުވެރިކަމުގައި ކާމިޔާބު ލިބުނީ ރިސޯޓުތަކުގައި ޒުވާނުން ކުރާ މަސައްކަތުން: ނައިބު ރައީސް
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުންއައި ބުރަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ޙަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ރޭ ރ. ދުވާފަރުގައި ބޭއްވި “ރ. ޓުއަރިޒަމް އެކްސްޕޯ 2022” ގެ އެވޯޑްދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ…