އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހުން ފާސްކޮށްފި
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ގިނަ ދުވަސްތަކަކަށް ފަހު ބިލުގެ މަސައްކަތަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި…