13 އަހަރު ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާތައް ކުރުމަށް ކޯޓަށް ހުށަހަޅައިފި
13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާއިގާ ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. މި މައްސަލައިގައި އިބްރާހިމް ޒިހާންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ގަސްދުގައި މީހަކުމެރުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން، ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން، އެ ކުއްޖާއާއެކު، މީހަކު ޖިންސީ ޢަމަލެއް ހިންގުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުން، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ…