ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަގާމަށް، ސ. ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު އައްޔަންކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ވަލީދު އައްޔަންކުރައްވާފައިވަނީ، އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ. ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ ގޮތުގައި ހީނާ ވަލީދު މަސައްކަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށެވެ. މީގެ ކުރިން…









