ބޭސްވިއްކާއިރު ފައިދާގެ ގޮތުގައި އިތުރުކުރެވޭނީ ސަތޭކަ އިންސައްތައާ ހަމައަށް: ހެލްތް
ބޭސް ވިއްކާއިރު ފައިދާގެ ގޮތުގައި އިތުރުކުރެވޭނީ އަގުގެ ސަތޭކަ އިންސައްތައާ ހަމައަށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ. ހެލްތުން މި ނިންމުމަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުންނެވެ. ހެލްތު މިނިސްޓްރީން ނެރުނު ޢިއުލާނެއްގައި ވަނީ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް" (އެމް.އާރު.ޕީ) ކަނޑައަޅަންވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ،…