އެޓާނީ ޖެނެރަލް އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފި އެވެ. ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ބަންޑާރަނައިބުގެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފަ އެވެ. އަދި ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، ރައީސް ވަނީ އިނާމް ޙަވާލުކޮށްދެއްވައިފަ އެވެ. ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20…