ޑިމޮކްރެޓްސް އުވާލައި ހުރިހާ މެމްބަރުން އެމްޑީޕީއާ ގުޅެން ފާސްކޮށްފި
ޑިމޮކްރެޓްސް ޕާޓީ އުވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދެންމެ ގަރާރެއް ފާސްކޮށްފި އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ. "ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ…