ބޭރު ފައިސާއާ ބެހޭ ބިލެއް، ޑޮލަރު މާރުކުރުމަށް ލުއިތަކެއް
ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ލުއިދީ ބޭރު ފައިސާއާ ބެހޭ ބިލު ޑްރާފްޓުކޮށް އެ ބިލަށް ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ. "ބޭރު ފައިސާއާ ބެހޭ ބިލު" ގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފަ އެވެ. ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް…









