ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު ނުދުއްވުމަށް ފުލުހުން އެދެފި
މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނޫ ނުދުއްވުމަށް ފުލުހުން އެދިއްޖެއެވެ. މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ ނިކުމެފައެވެ. އެހީތެރިކަމެއް ބޭނުންވާނަމަ 911 އަށް ގުޅުމަށް ވެސް ފުލުހުން އެދެއެވެ. އޮރެންޖް އިންޒާރު…









