ޕީޖީ އޮފީހުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބަލަހައްޓަމުން އައި ލިޔެކިޔުންތަކުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި އެވެ. މި އާކައިވް އަކީ ޕީޖީ އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކަކާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ މުހިއްމު މައުލޫމާތު ހިމެނޭ ތަނެކެވެ. ފުވައްމުލަކުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގައި ގާއިމުކުރި އާކައިވް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު އެވެ. މިރަސްމިއްޔާތުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިބަދަލަކީ ލާމަރުކަޒީ އުސޫލުން ޕީޖީ އޮފީހުގެ މަސައްކަތްތައް ކުރިއަށް…









