އުއްތަމަފަނޑިޔާރު ރިޓަޔަރ ކުރައްވައިފި
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. އެމަނިކުފާނު ރިޓަޔަރ ކުރެއްވީ އެ ފުރުޞަތު ދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމެވުމާ ގުޅުގިގެންނެވެ. އެމަނިކުފާނު ރިޓަޔަރކުރެއްވުމާއި ގުޅިގެން ސްޕްރީމް ކޯޓުން ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފައެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔަރ ވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު…









