ފުލުހަކު ކުއްޖަކަށް "އަނިޔާކުރި" މައްސަލައެއް ބަލަނީ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫގައި ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ރަށު މަގުމަތީ ބުރާސްފަތި ދުވަހުގެ ރޭ އަޑުގަދަ ކުރަމުންދިޔަ ކުދިބަޔަކަށް އެކަން ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ނަމަވެސް އަޑުގަދަ ކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށެވެ. އެގޮތުން މައުލޫމާތު ނުދޭނެ…