ޑރ. ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ ފޮ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައިފި އެވެ. މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ވަޒީރުން ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި…