ހައިކޯޓުގެ އަމުރެއް ސަސްޕެންޑްކުރި މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ
ހައިކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން މީހަކު ބަންދުކޮށްފައި ވަނިކޮށް، ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ ނިންމުމާ ގުޅޭގޮތުން ނޫސްބަޔާން ނެރުނު މެޖިސްޓްރޭޓްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. އެކޯޓުން ބަލަން ނިންމީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދުގެ މައްސަލައެވެ. އެމައްސަލައަކީ 98 ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާލިބޭ މީހަކު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ސ. ހިތަދޫ…