ރައީސް ނަޝީދު މިރޭ މޯލްޓާއަށް ވަޑައިގަންނަވަނީ
ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްގެ ޗެއާމަން އަބްދުލް އަޒީޒް ސައުދު އަލް ބަޓަން އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މޯލްޓާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިރޭ މޯލްޓާއަށް ފުރައިވަޑައިގަންނަވާނެކަމަށެވެ. ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްއަކީ ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރާ، ސަގާފަތް ކުރިއަށްއޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން ހުޅުމާލެ…