ކޮންޓެކްޓްވި ފަރާތްތައް ވެކްސިން ޖަހާފައިވާ ނަމަ ކަރަންޓީން ނުކުރަން ނިންމައިފި
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ، ބަލީގެ އަލާމާތް ނެތް މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފި އެވެ. މި ބަދަލާ އެކު މިހާރު ވަނީ ވެކްސިން ފުރިހަމަވި ކަމަށް ބަލާނެ މިންގަނޑު ވެސް ބަދަލުކޮށްފަ އެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ނުވުން އަދި ހަ މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖަހާފައިވާ ވުމެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ…