ތިމާވެށީގެ ދުވަހު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ގަސް އިންދަނީ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގުމަށް ނިންމާފަ އެވެ. "މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ކޮޕް28 ސަމިޓުގައި އިޢުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން…