ނަފްސާނީ އެހީތެރިކަން ދިނުމަށް ގައުމީ ހެލްޕްލައިނެއް
ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ހެލްޕްލައިން މިއަދު އިފްތިތާހްކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްޕްލައިން އިފްތިތާހްކޮށްދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގައި ގުޅާނެ ހާއްސަ ހެލްޕްލައިން ނަންބަރަކީ 1677 އެވެ. މިއީ 24 ގަޑިއިރު ހިދުމަތް ލިބޭގޮތަށް އިފްތިތާހްކުރެވުނު ނަމްބަރެކެވެ. ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ މީހުންނަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ…