ރާއްޖޭގެ 85 އިންސައްތަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި: ރައީސް
ރާއްޖޭގެ 85 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އދ.ގެ އާއްމު މަޖިލީހުގައި މިރޭ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ދިވެހި ބަހުން ތަގުރީރު ކުރައްވާފައެވެ. މި ތަގުރީރުގައި ރައީސް ވިދާޅުވީ، ކޮވިޑް-19އިގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްކަމަށެވެ. އަދި ގައުމުތަކުން އެކުގައި މަސައްކަތް ކޮށްގެން މިވަބާއިން ސަލާމަތްވާން ޖެހޭ ކަމަށާއި މިކަމަށް އޮތް ހައްލަކީ ވެކްސިން ފުރިހަމަ ކުރުން ކަމަށް…