ޅައިމަގަށްވެސް ފުލުހުންގެ ހިދުމަތް ލިބިގެންދާނެ: ރައީސް
ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ޅައިމަގަށްވެސް ފުލުހުންގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ށ.ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރިޔަށްގެންދެވޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން…









