މީޑިއާ ބިލާ ގުޅޭ ފޯރަމެއް މިރޭ އާޓިފިޝަލް ބީޗުގައި
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވާނެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއުލާންކޮށްފި އެވެ. އެމްޖޭއޭއިން ބުނި ގޮތުގައި މި ފޯރަމް ފަށާނީ މިރޭ 8:45 ގައެވެ. އެމްޖޭއޭއިން ބުނި ގޮތުގައި ފޯރަމް ކުރިއަށްދާނީ 'އޯޕަން މައިކް' އުސޫލުން ބިލާ ގުޅޭގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށެވެ. އަދި ބިލާ ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި…









