ސިފައިންނާއި ފުލުހުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ
ފުލުހުންނާއި ސިފައިންގެ މުސާރަ މި ފެށޭ މާޗް މަހުން ފެށިގެން ބޮޑުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ އަންނަ މާޗް މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ރައީސް ވިދާޅެއް ނުވެ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ…









