ލަންކާގައި ތިބި ދިވެހިން ކާބޯތަކެތި ހޯދައި ރައްކާކުރުމަށް އަންގައިފި
ސްރީލަންކާގައި ތިބި ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ކާބޯތަކެތިވެސް ހޯދުމަށްފަހު ރައްކާކޮށްފައި ބެހެއްޓުމަށް އަންގައިފިއެވެ. ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނާގޮތުގައި ތޫފާން ޑިޓްވާގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކަނޑު ގަދަވެ، ބިންގަނޑު ކަނޑައިގެން ދިޔުންފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށާއި މިހާރުވެސް އެގައުމުގައި ރަތް ސަމާލު ނެރެފައިވާ ކަމަށެވެ. އެހެންކަމުން އެގައުމުގައި ދިރިއުޅުއްވާ ރައްޔިތުންނާއި އެގައުމަށް ދަތުރުކުރައްވާ ދިވެހިންގެ ސަލާމަތަށްޓަކައި ގިނަ ކަންތައްތަކަށް ސަމާލުވުމަށް ވަނީ އަންގާފައެވެ. އެގޮތުން: ކޮންމެހެން ކުރަންޖެހިއްޖެ…









