ނުނިމި ހުރި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރު ނިންމަނީ
އަމާޒަކީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ވަރަށް ކުރިއްސުރެ ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަށް އަދިވެސް ޙައްލެއް ނުލިބޭ ކަމަށެވެ. އެކި ސަރުކާރުން ނެއްޓެމުން، އަނެއް ސަރުކާރަށް ލައްގަމުން އައި މި ދެންނެވި ޕްރޮޖެކްޓް މިހާރު އެވަނީ ހިންގަން ފަށާފައި ކަމަށާއި ޕްލޭނިންގ މިނިސްޓްރީގެ…