ރައީސްގެ ބަހްރެއިނުގެ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހްރައިނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވީ ރައީސް ބަހްރެއިންނަށް ކުރައްވާ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ. އޭގެ ތެރެއިން 3 އެއްބަސްވުމަކީ ޚާރިޖީ ދާއިރާގެ އެއްބަސްވުންތައް ކަމަށާއި ހަތަރުވަނަ އެއްބަސްވުމަކީ ކުޅިވަރުގެ ދާއިރާއިން ވެވޭ އެއްބަސްވުމެއް ކަމަށް މިޢުވާން ވިދާޅުވިއެވެ. ސޮއިކުރައްވާ އެއްބަސްވުންތައް: 1-…