ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ، ހުއްދަ ނުދިނަސް ޔާމީން ބައިވެރިވާނެ: މަލީހު
ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން މިރޭ ބާއްވަން އުޅުނު ޖަލްސާ މާދަމާ ރެއަށް ފަސްކޮށް، އެޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ. ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕާޓީގެ ހުރިހާ ކަމެއް ނިންމަވާނީ ރައީސް ޔާމީން ކަމަށާއި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ ދައުލަތުގެ އެކި…