ޢުމްރާއަށްފަހު ރޯގާޖެހި ހާލުދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ޢުމްރާގެ އަޅުކަމަށްފަހު އަންނަ ފަރާތްތަކުން ރޯގާޖެހި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 577 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު، އަމިއްލަ ކުންފުނިތަކުގެ ހަވާލުގައިވެސް ގިނަ ބަޔަކު ޢުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ. މި ފަރާތްތައް މިހާރުވަނީ ރާއްޖެ އަންނަން ފަށާފައެވެ. އެޗްޕީއޭއިން ދެއްވި މަޢުލޫމާތުގައި، ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި،…