މާއްޑޫއަކީ އޭދަފުށީގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި
މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ކަމުގައި ރައީސް ކަނޑައަޅުއްވައިފިއެވެ. ރައީސް އެ ގަރާރުގައި ސޮއި ކުރައްވާފައިވަނީ ރޭ ދަންވަރު އޭދަފުށީ ކައުންސިލާ އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހް ވިދާޅުވީ އޭދަފުށީގެ ބައެއްކަމުގަ މާއްޑޫވުމަކީ އިގްދިސާދީ ގޮތުންނާއި އެހެނިހެން ގޮތްތަކުން ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމެއް ކަމަށެވެ. ފާތިހް ވިދާޅުވީ އެ ރަށުގައި މަސައްކަތްތައް ކުރުމަށް މުޅި ރާއްޖެއަށް ފުރުސަތު…