"ވަރަ އެކްސްޕޯ 2025" ހުޅުވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވަރަ އެކްސްޕޯ 2025 އިފުތިތާޙުކުރައްވައިފިއެވެ. މި ހިނގާ ނޮވެންބަރު މަހުގެ 6 އިން 8 އަށް ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާޙުކުރައްވާފައިވަނީ، އެ ކަމަށްޓަކައި އިއްޔެ ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި، ތަޢުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވެއެވެ.…









