މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ
މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ. ފައިސާ ނުލިބިގެން މަސްވެރިން ކުރަމުން ދިޔަ އިހްތިޖާޖް މިދިޔަ ބުދަ ދުވަހު ހުއްޓާލައި ކުއްޑޫގެ މަސް ފެކްޓްރީގެ އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ. ފިޝަރީޒް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިފްކޯއިން މަސްވެރިންނަށް ބުދަ ދުވަހުގެ ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި ބާކީ 30 މިލިއަން ހޯމަ ދުވަހުގެ ކުރިން…