މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފި
މިސަރުކާރުން މިހާތަނަށް މަސައްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާ މިހާރު ސަރުކާރުން ދޫކުރަމުން ދާއިރު، ފާއިތުވި 6 ދުވަހުގެ ތެރޭގައި ވަނީ މަސްވެރިންންށް 105 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވާކަމުގައެވެ. އެގޮތުން އިއްޔެ މިފްކޯއިން ޖަމާކުރި 35 މިލިއަން…









