މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ނަފްސާނީ ބަލިތަކަށް ބޭސްކުރާމީހުން ހަދަންޖެހޭ: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ
މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ނަފްސާނީ ބަލިތަކަށް ބޭސްކުރާމީހުން ހަދަންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. ހެލްތުމިނިސްޓްރީން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލްޕާކުގައި އިއްޔެ ބޭއްވި މެންޓަލް ހެލްތު އޯޕަންޑޭގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މުޖުތަމައު ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ ވަރަށް ގިނަ ދިވެހިން އެބަތިބި ކަމަށެވެ. ކުރިން ފާހަގަ ނުކުރެވިހުރި ވަރަށް ގިނަ ކަންތައްތައް ކޯވިޑް-19 އިން ފާހަގަވެގެން ދިޔަ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ…