ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހަށް އިތުރުކޮށްފި
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.
ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަކުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށްޓަކައި ފަނޑިޔާރުނންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ގޮތުން ޖޭ. އެސް. ސީ އިން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާ ބިރު ދައްކާ ރަހީނުކޮށްގެން ކޮށްފައިވާ ޙުކުމެއް ކަމަށް ފަނޑިޔާރުން އެއްބަސްވާ އޯޑިއޯ އާއި ގުޅިގެން…
އޯޑިއޯގެ ސައްހަކަމާއި އެއީ ކޮންބައެއްގެ އަޑުތޯ ކަށަވަރުކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ސަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ލީކުކޮށްލައިގެން އުޅޭ އޯޑިއޯތައް ސައްހަ ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، ރާއްޖެއިން ބޭރުން ފޮރެންސިކް ތަޙުލީލުކޮށްގެން ނަމަވެސް، އޯޑިއޯގެ ޞައްޙަކަމާއި އެމީހުންގެ އަޑުތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ. މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށާއި މިއުޅެނީ ބަޔަކު ރަހީނުކޮށްގެން އިންސާނެއްގެ މައްޗަށް ޙަރާމް ޙުކުމެއްކުރުވިކަމުގެ ތުހުމަތެއް ކަމަށް ޝަހީމް…
އަތޮޅު ތެރެއިން މިއަދު އެކަނިވެސް 119 މީހުން ޕޮޒިޓިވްވި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 169 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 119 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި އެކަކެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 80،960 އެކެވެ. މިހާރު މިބައްޔަށް ފަރުވާ ކުރަމުންދަނީ 1،709 މީހުންނެވެ. މިވަގުތ ހޮސްޕިޓަލްތަކުގައި އެޑްމިޓް…
ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި މި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ. މި ގޮތުން…
މިއަދު ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދަނީ ޓަވަރު 1 އަދި 2 އަކަށް ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. އެގޮތުން ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މިއަދު 1 އަދި 2 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގާނެ ކަމަށެވެ. ސްޓެލްކޯއިން ބުނީ އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ދިއުމަކީ އެކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ. ހިޔާ ފްލެޓްތަކަށް ދާއިމީ ކަރަންޓް…
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެވެސް އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް…
ހުކުރު ދުވަހު ދެވަނަ ޑޯޒް ޖެހީ އެންމެ 111 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހު މާލެ ސަރަހައްދުން އެއްވެސް މީހަކު ދެވަނަ ޑޯޒް ޖަހާފައެއް ނުވެއެވެ. އަތޮޅު ތެރެއިން ދެވަނަ ޑޯޒް ހުކުރު ދުވަހު ޖެހީ 111 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހާފައިވަނީ 157 މީހުންނެވެ. މާލެ ސަރަހައްދުން އެއްވެސް މީހަކު ފުރަތަމަ ޑޯޒް ޖަހާފައެއް ނުވެއެވެ. މުޅި ރާއްޖެއިން…