އެންމެ އިސްކަންދޭ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަސާސީ ހިދުމަތް ގާއިމުކުރުން: ރައީސް
އެންމެ އިސްކަންދޭ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަސާސީ ހިދުމަތް ގާއިމުކުރުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޓީސީސީއަށް 41 އަހަރު ފުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ބަނދަރު ހެދުން، ބިން ހިއްކުން، ގޮނޑުދޮށް ޙިމާޔަތްކުރުން، ޝީޓް ޕައިލްކުރުން، މިއީ އެ ކުންފުނީގެ އެންމެ ޒަމާންވީ މަސައްކަތްތައް ކަމަށާއި މިއީ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ލަފާފުރުމުގެ ޚިދުމަތާ ގުޅިފައި ހުރި މަޝްރޫޢުތައް ކަމަށެވެ. އަދި…