ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަން ފަށައިފި
ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް…









