ކުޅުދުއްފުށީގައި ހާއްސަ ސަރޖިކަލް ކޭމްޕެއް ބާއްވަނީ
އެކި ދާއިރާތަކަށް ހާއްސަ ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު މި މަހު ކުޅުދުއްފުށި ސިޓީގައި ކޭމްޕެއް ބާއްވަން ނިންމައި، ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކުރަން ހުޅުވާލައިފިއެވެ. ކޭމްޕް ބާއްވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ފަރާތުންނެވެ. އެ ހޮސްޕިޓަލުން ކޭމްޕް ބާއްވަނީ ސިއްހީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެންނެވެ. ކޭމްޕް ކުޅުދުއްފުށީގައި ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ޖޫން 12 އިން 14 އަށެވެ. ކޭމްޕުގައި ތަޖުރިބާކާރު 8 ޑޮކްޓަރުން ބައިވެރިވާނެކަމަށް ކޭއާރުއެޗްއިން ބުނެފައިވެއެވެ.…